މަސައްކަތް

2026 ވަނަ އަހަރުގެ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

ބ. އަތޮޅު ތަޢުލީމީ މަރުކަޒު
(IUL)GS-01/GS-01/2025/44
:ނަންބަރު
05/11/2025 10:14
:ޕަބްލިޝްކުރި ތާރީޚު
17/11/2025 14:00
:ސުންގަޑި
ގެޒެޓް އިން ހުޅުވާ
BEELAN FOI (3914 KB)
Download

2026 ވަނަ އަހަރުގެ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން               ނަންބަރ: IUL/GS01/GS01/2025/44

 

    1 ޖަނަވަރީ 2026 އިން ފެށިގެން 31 ޑިސެންބަރ 2026 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން  https://shorturl.at/HOkfNއަށް ރަޖިސްޓްރީވުމަށްފަހު، ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބާއެކު މި ސްކޫލަށް ހާޒިރުވުން އެދެމެވެ.

މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސްކޫލްގެ މީޓިންގ ރޫމް ގައެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހު 11:00

20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00

 

     މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

     މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6608359 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1447                   

05 ނޮވެމްބަރ 2025